Last Updated: July 28, 13:12
Tuesday, July 28, 2026
ޚަބަރު

އެމްބީސީގެ މުރާޖައާ ބައްދަލުވުން މާދަމާ ރޭ ހިތަދޫގައި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ފަށާފައިވާ އާންމުންގެ ހިޔާލް ހޯދުމުގެ މުރާޖައާގެ ދެވަނަ ބައްދަލުވުން އައްޑޫގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްބީސީގެ އާންމު މުރާޖާއަކީ އެ ކޯޕަރޭޝަންގެ ޓީވީ ޗެނަލް ޓީވީ މޯލްޑިވްސް (ޓީވީއެމް) އާއި ދިވެހި ރާއްޖޭގެ އަޑުގެ ޕްރޮގްރާމްތަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދައި އާންމުން ދެކޭ ގޮތް އޮޅުން ފިލުވުމަށް ބާއްވާ ބައްދަލުވުމެކެވެ.

އައްޑޫގައި ބާއްވާ ބައްދަވުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 9:00 ޖަހާ އިރު ހިތަދޫ ޝަރަފުއްދީން ސްކޫލް ހޯލްގަ އެވެ.

ހިޔާލު ހޯދުމުގެ ގޮތުން ބާއްވާ މި ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވެސް އެމްބީސީން ބުންޏެވެ.