ލޯބިވެރިޔާ މަރައިލާނެކަމުގެ އިންޒާރު ދިނުމުގެ އިތުރުން ވައްކަމުގެ ދައުވާ ރަޝިއާ އިން އުފުލި އެމެރިކާގެ ސިފައިންގެ މީހަކު ތިން އަހަރާއި ނުވަ މަހަށް ޖަލަށް ލާން ރަޝިއާގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.
ލަޑިވޮސްޓޮކްގެ ކޯޓުން އެ ހުކުމް އިއްވީ ސްޓާފް ސާޖަންޓް ގޯޑޮން ބްލެކް، 34، ގެ މައްޗަށެވެ.
އޭނަ ތަކުރާރުކޮށް ރަޝިއާގެ ލޯބިވެރިޔާ އެލެގްޒެންޑްރާ ވަޝޫކަށް މަރުގެ އިންޒާރު ދިނުމާއި ލޯބިވެރިޔާގެ އަތުން 10،000 ރަބްލްސް (114 ޑޮލަރު) ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. ގޯޑޮން ޖަލަށް ލާން ހުކުމްކުރީ އޭނަގެ މައްޗަށް ކުރި ވައްކަމުގެ ދައުވާ ސާބިތުވުމުންނެވެ. އަދި ވަގަށް ނެގި ފައިސާ އަނބުރާ ދައްކަން ހުކުމްކޮށްފައިވެ އެވެ
ނަމަވެސް މަރުގެ އިންޒާރު ދިން މައްސަލައިގެ ދައުވާ ގޯޑޮންގެ މައްޗަށް ސާބިތެއް ނުވެ އެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި ރަޝިއާގެ ލޯބިވެރިޔާއާ ގޯޑޮން ރައްޓެހިވީ ދެކުނު ކޮރެއާ އަށް ކުރި ދަތުރެއްގެ ތެރޭގައި ދިމާވެގެންނެވެ. އޭނަ އަކީ 2008 ގައި އިރާގަށް އަދި 2013 ގައި އަފްގާނިސްތާނަށް އެމެރިކާ އިން ފޮނުވި ސިފައިންގެ ފައުޖުހައި މަސައްކަތްކުރި އޮފިސަރެކެވެ.
ރަޝިއާ އިން ގޯޑޮން އަށް އިއްވި ހުކުމް އިސްތިއުފާނު ކުރާނެ ކަމަށް އޭނަގެ ވަކީލުން ވިދާޅުވި އެވެ.