Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ގެއްލިގެން އާއިލާއިން ރިޕޯޓްކުރުމާ ގުޅިގެން ހޯދަނީ މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ، 14، ކަމަށެވެ.

ޔަލްވީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް އާއިލާ އިން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.

އެހެންވެ އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ 9790163 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެ އެވެ.

ރާއްޖޭގައި ފަހަކަށް އައިސް ވާނުވާ ނޭނގި މީހުން ގެއްލޭ މައްސަލަތައް ވަރަށް ގިނަ އެވެ. އަދި މީގެ ތެރޭގައި ކުޑަކުދިން ގެއްލިގެން ރިޕޯޓްކުރާ މައްސަލަތައް ވަކިން ގިނަ އެވެ.