އައްޑޫ ސިޓީގައި އަޅަން ހަމަޖެހިފައިވާ އާ ހޮސްޕިޓަލް 2017 ވަނަ އަހަރު ނިމުމުގެ ކުރިން ރައީސް ޔާމީން ހުޅުއްވައި ދެއްވާނެކަމަށް ސ.ހުޅުދޫ ދާއިރާގެ މެންބަރ މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
" ﷲ އިރާދަކުރެއްވިއްޔާ 2017 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން އެ ހޮސްޕިޓަލް ހުޅުއްވާ ދެއްވާނެ. އެހާ ވެސް އިސްޕީޑުގައި މި މަސައްކަތް މިދަނީ "، މިއަދު އޮތް ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ޝާހިދު ވަނީ އައްޑޫ ހޮސްޕިޓަލުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ސަރުކާރާއި މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ކަމަށް ޤަބޫލުކުރައްވާ ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި 3 މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.