Last Updated: July 15, 11:07
Wednesday, July 15, 2026
ދުނިޔެ

ގަދަ ހޫނާ ހެދި ނިޔާވި ހައްޖާޖީންގެ އަދަދު 600 އަށް

މި އަހަރުގެ ހައްޖު މޫސުމުގެ ތެރޭގައި ސައުދީ އަރަބިއްޔާ އަށް އާދަޔާހިލާފަށް ހޫނުގަދަވުމުގެ ސަބަބުން މަރުވި ހައްޖާޖީންގެ އަދަދު މިހާތަނަށް 600 އަށް އަރައި އެވެ.

ނިޔާވި ހައްޖާޖީންގެ ތެރޭގައި މިސްރު، އިންޑިއާ، އިރާން، ޓިއުނީޝިއާ، ސެނެގާލް، އިންޑޮނީޝިއާ އަދި އިރާގުގެ ހައްޖާޖީން ހިމެނެ އެވެ. ސައުދީގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ހޫނު ގަދަވުމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަލާ ގުޅިގެން ނިޔާވި ހައްޖާޖީންގެ ތެރޭގައި ގިނައީ އުމުރުން ތަންކޮޅެއް ދުވަސްވީ މީހުންނެވެ.

އަދި ނިޔާވި ހައްޖާޖީންގެ ތެރޭގައި އެންމެ ގިނައީ މިސްރަށް ނިސްބަތްވާ ހައްޖާޖީންނެވެ.

ހައްޖުގެ ދުވަސްވަރު ހޫނު ގަދަވާނެތީ ސައުދީގެ ހައްޖާ ގުޅޭ އިދާރާތަކުން ދިޔައީ ހައްޖު މޫސުން ފެށުމުގެ ކުރިން ވެސް ހައްޖާޖީން ހޫނުން ސަލާމަތްވާން ހާއްސަ އިރުޝާދުތަކެއް ދެމުންނެވެ. އެގޮތުން ގިނަގައިން ފެން ބުއިމާއި ބޭރަށް ނުކުންނަ އިރު، ކުޑަ ބޭނުން ކުރުން ފަދަ ކަންކަން ކުރަން އިލްތިމާސްކޮށްފައިވެ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި 1.8 މިލިއަނެއްހާ ހައްޖާޖީން ބައިވެރިވެ އެވެ.