Last Updated: June 11, 20:32
Thursday, June 11, 2026
ޚަބަރު

ވޯލްޑް ބޭންކުން ރާއްޖެ ސަރަހައްދަށް ސިސްލެން

ދުނިޔޭގެ އެންމެ ބޮޑު މާލީ އިދާރާ، ވޯލްޑް ބޭންކުން ދިވެހިރާއްޖެ ހިމެނޭ ސަރަހައްދުގެ ކަންޓްރީ ޑިރެކްޓަރަކަށް ޑޭވިޑް ސިސްލެން އައްޔަންކޮށްފި އެވެ.

ވޯލްޑް ބޭންކުން ބުނީ ރާއްޖެ އާއި ނޭޕާލާއި ސްރީ ލަންކާއަށް ކަނޑައެޅި ސިސްލެން ރަސްމީކޮށް މަގާމާ ހަވާލުވެ ވަޑައިގަންނަވާނީ އަންނަ މަހުން ފެށިގެން ކަމަށެވެ.

އެ މަގާމުގައި ކުރިން ހުންނެވީ ފާރިސް ހަދާދު-ޒެރްވޯސް އެވެ.

ސިސްލެން އެންމެ ފަހުން ހުންނެވީ ލެޓިން އެމެރިކާ އާއި ކެރިބިއަން ސަރަހައްދުގެ ޕްރޮކްޓަކްސް މެނޭޖަރަކަށެވެ. އިޓަލީ އާއި އެމެރިކާގެ ރަށްވެހިކަން އޮންނަ ސިސްލެން މިހާތަނަށް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރައްވާފަ އެވެ.

އޭނާ ވޯލްޑް ބޭންކާ ގުޅިވަޑައިގެންނެވީ 2001 ގަ އެވެ.