Last Updated: July 15, 11:07
Wednesday, July 15, 2026
ދުނިޔެ

ބަނގުރާ ބޮއެގެން 34 މީހަކު މަރުވެއްޖެ

ގަވައީދާ ހިލާފަށް އުފައްދައި ވިއްކި ބަނގުރާ ބޮއެގެން އިންޑިއާ އިން 34 މީހަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އަންގާރަ ދުވަހުގެ ރޭ ޓަމިލް ނާޑޫ ސްޓޭޓްގެ ކައްލަކުރުޗީ ޑިސްޓްރިކްޓްގައި ބަނގުރާ ބޮއެގެން ހާލު ދެރަވަގެން 80 އެއްހާ މީހުންނަށް ފަރުވާ ދެމުން އަންނަ އިރު، މީގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށެވެ. އެހެންވެ މަރުތައް އިތުރުވުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށް ހޮސްޕިޓަލާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.

ވިހަ މާއްދާއެއް ކަމަށްވާ މެތަނޯލް އެކުލެވޭ ބަނގުރާ ބުއިމުގެ ސަބަބުން ބައެއް މީހުން ވަރަށް ބޮޑަށް ބޭރަށް ހިންގައި، ހޮޑުލެވި ހާލަތު ވަރަށް ވަރަށް ބޮޑަށް ދަށްވެފައިވެވެ އެވެ.

ހުއްދަ ނޫން ގޮތުގައި ބަނގުރަލުގެ މުއާމަލާތް ހިންގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ އިރު، ފުުލުހުންގެ އިސް އޮފިސަރަކާއި ޓަމިލް ނާޓޫގެ ޕްރިހިބިޝަން އެންފޯސްމަންޓް ވިންގުގެ 10 މެންބަރަކު ވެސް ސަސްޕެންޑްކޮށްފައިވެ އެވެ.

މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.