Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ސައިކަލަކާ އެކީ މޫދަށް ވެއްޓި މީހަކު މަރުވެއްޖެ

ދުއްވި ސައިކަލާ އެކީ ހދ. ނޮޅިވަރަމްގައި މީހަކު މޫދަށް ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ އެ މީހާ ސައިކަލާއެކު މޫދަށް ވެއްޓިގެން ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދޭން ފެށިކަމުގެ ރިޕޯޓު ލިބުނީ ރޭ 9:15 ހާއިރު ކަމަށެވެ. ހެލްތު ސެންޓަރުގައި އެ މީހާ އަށް ފަރުވާ ދެނިކޮށް އޭނަ މަރުވީ ރޭގެ ވަގުތެއްގަ އެވެ.

މަރުވީ އުމުރުން ނޮޅިވަރަމް ގާޑްނިޔާވިލާ އިލްޔާސް އިބްރާހީމް، 32، އެވެ.

އޭނަގެ ޖަނާޒާ އޮތީ މިއަދު ހެނދުނު 10:00 ގައި އެ ރަށު މަސްޖިދު ސަލާމްގަ އެވެ.