Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ފުވައްމުލަކު ޒުވާނަކު ގެއްލިގެން ހޯދަނީ

ފުވައްމުލަކު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ ހޯދަމުން އަންނަނީ ފުވައްމުލައް، ދިގުވާނޑު/އެފްރޯ، އަހުމަދު އިޔާޝް ވަސީމް، 24، ކަމަށެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ އިޔާޝްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެ އެވެ.

ނަމަވެސް އޭނަ ގެއްލުނީ ސީދާ ފުވައްމުލަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.