Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

ދީނަށް ފުރައްސާރަކުރާ މީހެއްގެ މައްސަލަ ބަލަނީ

ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަ ކުރަމުންދާ މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އެކްސްގައި "އައިޝަތު ނަޒުހާ" ގެ ނަމުގައި ހަދާފައިވާ އެކައުންޓަކުން މީހަކު ދަނީ ދީނަށް ވަރަށް ބޮޑަށް ކުރަމުން ކަމަށާއި އެކައުންޓް ހިންގަނީ އަސްލު އޮޅުވާލައިގެން ކަމަށެވެ.

އެ މައްސަލަ ސަމާލު ކަމަށް އައުމާ ގުޅިގެން އެކަން މިހާރު ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގައި ފަހަކަށް އައިސް އެކިއެކި ޕްލެޓްފޯމްތަކުގައި ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަތައް ފެންމަތިވެފައިވެ އެވެ.