Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ

ގެއްލިގެން ހޯދަމުން އަންނަ ފުވައްމުލަކު ޒުވާނަކު އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ 14 ފަހުން އާއިލާ އަށް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުން އަންނަނީ ފުވައްމުލަކު ދިގުވާނޑު/އެފްރޯ، އަހުމަދު އިޔާޝް ވަސީމް، 24، އެވެ.

އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެ އެވެ.