Last Updated: July 15, 11:07
Wednesday, July 15, 2026
ދުނިޔެ

ޝެއިހް ހަސީނާ އިންޑިއާގައި

ބަންގްލަދޭޝްގެ ރައީސް ޝެއިހް ހަސީނާ އިންޑިއާ އަށް ވަޑައިގެންފި އެވެ.

އެ ކަމަނާ ދެ ދުވަހަށް ކުރައްވާ ދަތުރުގައި އިއްޔެ އިންޑިއާ އަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ. މިއީ ދާދި ފަހުން ބޭއްވި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ އިންތިހާބަށް ފަހު، ގައުމެއްގެ ލީޑަރަކު ރަސްމީ ދަތުރެއްގައި އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

ހަސީނާ އިންޑިއާ އަށް ކުރައްވާ ދަތުރުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރައްވަން ހަމަޖެހިފައިވާ އިރު، މިއަދު މެންދުރު ފަހު އިންޑިއާގެ ސަރުކާރުގެ އިސްވެރިންނާ އެކީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވެ އެވެ. އެ ބައްދަލުވުމުގައި މޯދީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ހަސީނާގެ މި ދަތުރުގެ ތެރެއިން ދެ ގައުމުގެ މެދުގައި އެކި ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއި ކުރަން ވެސް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ވިޔަފާރި އާއި ދަތުރުފަތުރާއި ހަކަތައިގެ ދާއިރާ ހިމެނެ އެވެ.

ބަންގްލަދޭޝް އަކީ އިންޑިއާއާ އެންމެ އަވައްޓެރި އެއް ގައުމެވެ. އަދި މޯދީ 2019 ގައި ބޮޑުވަޒީރު ކަމަށް ވަޑައިގަތް ފަހުން، ބަންގްލަދޭޝްއާ ގާތް ގުޅުމެއް ބާއްވަ އެވެ. އަދި އެކި ފަހަރު މަތިން ހަސީނާ އާއި މޯދީ ބައްދަލުވެވަޑައިގެންފައިވެ އެވެ.

މޯދީ މިހާރު ހުންނެވީ ވެރިކަމުގެ ތިން ވަނަ ދައުރުގަ އެވެ.