Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

މީދޫގެ މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް

ރ. މީދޫގެ މިސްކިތެއްގެ ތެރޭގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މިޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިސްކިތުގައި ޓިކޮޓޮކް ކުޅެފައި ވަނީ އީދު ޝޯ ދޭން ގޮސް އެ ރަށަށް ގޮސް ތިބި ގްރޫޕެއްގެ އަންހެނެއް ކަމަށެވެ.

އެ ވީޑިއޯގައި އަންހެނަކު ބަނޑިޔަލެއް ހިފައިން މިސްކިތުގެ ތެރޭގައި ހިނގަމުންދާ މަންޒަރާއި އެއަށް ފަހު މިސްކިތުގެ އިހުރާމްގެ ތެރޭގައި މާބޮޑިއެއް ހިފައިގެން ނަށާ މަންޒަރު ވެސް ފެނެ އެވެ. ވީޑިއޯ އިން ފިރިހެނަކު ވެސް ފެނެ އެވެ.

ވީޑިއޯ މިހާރު ވަނީ ޑިލީޓްކޮށްފަ އެވެ.