Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ޔާމީނާ އެކީ ޕީއެންއެފްގެ ޖަލްސާއެއް މާދަމާ ރޭ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) ޖަލްސާއެއް މާދަމާ ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކީ ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީއެންއެފަކީ ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީ އެވެ. މި ޕާޓީ އުފެއްދީ ޔާމީން އިސްކޮށް ހުންނަވައިގެންނެވެ.

މާދަމާ ރޭގެ ޖަލްސާ އޮންނާނީ ޕީއެންއެފްގެ އޮފީހުގަ އެވެ. މިއީ އެޕްރީލްގައި ބޭއްވި 20 ވަނަ މަޖިލިސް އިންތިހާބަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާ އެވެ. އެ އިންތިހާބުގައި ޔާމީންގެ ތާއިދާ އެކު 35 ދާއިރާއަކަށް މެމްބަރުން ވާދަކުރި ނަމަވެސް މަޖިލީހުގެ އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުވެ އެވެ.