Last Updated: July 18, 13:50
Saturday, July 18, 2026
މުނިފޫހިފިލުވުން

ޓޭލާ އަށް ވަރަށް ހާއްސަ ސެފްލީއެއް

އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ވަރަށް ހާއްސަ ސެލްފީއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފި އެވެ،

މި ސެލްފީ ހާއްސަވަނީ މުހިއްމު ދެ ސަބަބަކާ ހެދި އެވެ. އޭގެ ތެރެއިން އެއް ކަމަކީ ޕްރިންސް ވިލިއަމާއި އޭނަގެ ދޮށީ ދެ ދަރިން ސެލްފީގައި ތިބުމެވެ، އަނެއް ކަމަކީ މި ސެލްފީ އަކީ ޓޭލާ މިދިޔަ އަހަރުން ފެށިގެން ޑޭޓްކުރަމުން އަންނަ އެމެރިކާގެ ފުޓްބޯޅަ ކުޅުންތެރިޔާ ޓްރާވިސް ކެލްސީއާ އެކީ އެކީގައި ފެންނަ ފޮޓޯއެއް ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާގައ ހިއްސާކުރުމެވެ.

މި ހާއްސަ ސެލްފީ ނެގުމުގެ ފުރުސަތު ޓޭލާ އަށް ލިބުނީ އޭނަ ކުރިއަށް ގެންދާ "އީރާސް" ކޮންސަޓްގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ގެ ރޭ ލަންޑަންގެ ޝޯގެ ތެރޭގައި ބެކްސްޓޭޖުންނެވެ އަދި އެކަން އިތުރަށް ހާއްސަވި ސަބަބަކީ އެ ރެއަކީ ޕްރިންސް ވިލިއަމްގެ 42 ވަނަ އުފަން ދުވަހަށް ވެސް ވުމެވެ.

އެހެންވެ އިންސްޓަގްރާމްގައި ފޮޓޯ ޕޯސްޓްކުރީ ވިިލިއަމަށް އުފަން ދުވަހުގެ ތަހުނިޔާ ވެސް ކިޔައިފަ އެވެ.