Last Updated: June 28, 10:37
Sunday, June 28, 2026
ޚަބަރު

ކޯއްޓޭ ފަރަށް ކުނި އެޅުނު ގޮތެއް ފުލުހުން ބަލަނީ

ކޯއްޓޭގެ ފަރަށް ގިނަ އަދަދަކަށް ކުނި އަޅާފައިވާ މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑަރ ހުސެއިން ސަމީރު، މިއަދު ވިދާޅުވީ ކޯއްޓޭގެ ފަރަށް ގިނަ އަދަދަކަށް "ކުނި އަޅާފައިވާ" ކަމަށް ބުނާ މައްސަލަ އެއް އިޕީއޭ އާއި އައްޑޫ ސިޓީ ކައުންސިލުން ހުށަހެޅުމާއި ގުޅިގެން ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.

ތިމާވެއްޓާއި ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ހިތަދޫ ކޯއްޓޭގެ އިރުމަތީ ފަރާތަށް ކުނި އަޅާފައިވާކަން އެނގި އެކަން ރިޕޯޓްކޮށްފައިވަނީ މަރަދޫ އަކުއާވެންޗާ ޑައިވިން ސްކޫލުންނެވެ.
11178679_10152693802086150_319347209_n

އަކުއާވެންޗާ ޑައިވިން ސްކޫލްގެ ޑައިވަރުންނާއި "އައްޑޫލައިވް"ގެ ނޫސްވެރިންވަނީ އެސަރަހައްދަށް ފީނައި އެތަނަށް އަޅާފައިވާ ކުނި ތަކުގެ ތެރެއިން ޕިކަޕެއްގެ ކުނި ނަގާފައެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވީ، މި މައްސަލަ ސީރިއަސް ގޮތެއްގައި ފުލުހުން މެދުވެރިކޮށް ބަލާނެ ކަަމަށެވެ.

އެންވައިރަމެންޓް ޕޮރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ކޯއްޓޭ ފަރުގެ ސަރަހައްދު ބެލުމަށް ކުއްލި ދަތުރެއް އައްޑޫއަށް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ފާއިތުވި 20 އަހަރު ރާއްޖޭގެ އެކި ސަރަހައްދުގެ ކަނޑުތަކަށް ފީނާފައިވާ މާކް ކްވެންބާގް ބުނީ ރާއްޖޭގެ އެންމެ ރީތި ފަރު، ހަލާކުކޮށްލާފައިވާ ކަމަށާއި، މީ ހިތާމަ ހުރި ކަމެއް ކަމަށެވެ.

މާކް ބުނީ އައްޑޫގެ ފަތުރުވެރިކަން ބިނާވެފައިވަނީ "ހާއްސަ" ޑައިވިން ސްޕޮޓްތަކެއް އައްޑޫގައި ހުރުމުން ކަމަށެވެ.