Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އަޅުގަނޑަށް ދީނީގޮތުން އެހާ އުސްމިންތަކަށް ދެވިފައި އެއް ނެތް: އަދީބު

ދީނީ ގޮތުން އެހާ އުސްމިންތަކަށް ދެވިފައި ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބް ވިދާޅުވެއްޖެއެވެ.

“އިސްމެހެލާ ހެރަ ޕްރޮޖެކްޓް” އިފްތިތާހު ކުރުމަށް މިހާރު ހޮޓެލް ޖެންގައި ކުރިއަށްދާ ރަސްމިއްޔާތުގައި އަދީބު މިގޮތަށް ވިދާޅުވި ނަމަވެސް އޭނާ ވަނީ ބައެއް ދީނީ އިލްމުވެރިންނަށް ނުސީދާގޮތެއްގައި ފާޑު ވިދާޅުވެފައެވެ.

މިގޮތުން އަދީބު ވަނީ ޤިޔާމަތް ކައިރިވުމުން މުނާފިޤު އިލްމުވެރިން ފާޅުވާނެ ކަމަށް ޤުރުއާނުގައި ވެސް އައިސްފައިވާ ކަމަށާއި އަދި ބައެއް ދީނީ އިލްމުވެރިން 'ކަންނެލި އޮޑި' ހަދިޔާގެ ގޮތުގައި ހޯދާ ކަމަށް ވެސް ވިދާޅުވެ ރާއްޖޭގެ ދީނީ އިލްމުވެރިންނަށް މަލާމާތް ރައްދުވާގޮތަށް ވާހަކަ ދައްކާފައެވެ.

ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އިސްލާމް ދީނުގެ ހަމަތަކުގެ މަތިން ރައްޔިތުންނަށް އުފާ ހޯދައިދޭން ކަމަށާއި ނަމަވެސް ބައެއް މީހުން ސިއްރުން އުފާ ހޯދާ ރައްޔިތުންނާއި އެކަންތައް ހިއްސާ ކުރަން ބޭނުން ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.