Last Updated: July 30, 13:48
Wednesday, July 30, 2025
ޚަބަރު

މޯލްޑިވްސް އޯޕަން 2024 މާދަމާ ފަށަނީ

މާދަމާ ފަށަން ހަމަޖެހިފައިވާ "މޯލްޑިވްސް އޯޕަން 2024" 10 ބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި އެވެ.

ގައުމީ ބިލިއާޑް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ 16 ކުޅުންތެރިންނާއި، އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށް ދެެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު އެވެ.

ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށް ދެއްވުމަށް ފަހު މިނިސްޓަރު ރާފިޢު ވިދާޅުވީ، މުބާރާތުގައި ކުޅުންތެރިންގެ އަޒުމަކަށް ވާން ޖެހޭނީ މިދިޔަ އަހަރުގެ މުބާރާތައްވުރެއް ރަނގަޅު ކާމިޔާބެއް ހޯދުން ކަމަށެވެ. އަދި ސަރުކާރުގެ އެދުމަކީ މުބާރާތައް ކުޅުންތެރިންނަށް ދެވެން އޮތް ބޮޑު ސަމާލުކަމެެއް ދީގެން ރާއްޖެ ރަނގަޅު ނަތީޖާއެއް ހޯދައި ދިނުން ކަމަށް ވިދާޅުވި އެވެ.

މާދަމާ އިން ފެށިގެން މި މަހުގެ 30 އަށް ބާއްވާ "މޯލްޑިވްސް އޯޕަން" ގައި ޖުމްލަ 96 ކުޅުންތެރިން ވާދަކުރާނެ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ 5 ޗެމްޕިއަނުން ހިމެނޭ ކަމަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން ބުންޏެވެ.