Last Updated: June 7, 18:41
Sunday, June 7, 2026
ސިޔާސީ

ހުޅުމީދޫ ކައުންސިލަރ ޕީޕީއެމް އަށް ސޮއިކުރައްވައިފި

ޕީޕީއެމް އަށް ސޮއިކުރުމަށް ފަަހު އަލީ މުހައްމަދު ވާހަކަ ދައްކަވަނީ . ފޮޓޯ: ވަގުތު

އައްޑޫ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހުޅުމީދޫ ދާއިރާގެ ކައުންސިލަރ އަލީ މުހައްމަދު ޕީޕީއެމްއާ ގުޅިއްޖެއެވެ.

އަލީ މުހައްމަދު ޕީޕީއެމް އަށް ސޮއި ކުރެއްވީ “އިސްމެހެރާ ޕްރޮޖެކްޓް” އިފްތިތާހު ކުރުމަށް މިހާރު ހޮޓެލް ޖެންގައި ކުރިއަށްދާ ރަސްމިއްޔާތުގައެވެ.

ޕީޕީއެމް އަށް ސޮއިކުރުމަށް ފަހު އޭނާ ވިދާޅުވިގޮތުގައި އޭނާ ޕީޕީއެމް އާއި ގުޅުނީ ސަރުކާރާ ގުޅިގެން އައްޑޫގެ ތަރައްޤީއަށް މަސައްކަތް ކުރުމަށާއި ރައްޔިތުންގެ ތަރައްގީއަށް ހުރަސްއަޅާ މީހަކަށް ނުވުމަށްޓަކައެވެ

އަލީ މުހައްމަދު ކައުންސިލަށް އިންތިހާބުވެފައިވަނީ އެމްޑީޕީގެ ޓިކެޓެއްގަ އެވެ.