އަންނަ މޭއި މަހުގެ 1 ވަނަ ދުވަހުގެ ކުރިން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ "ގެއްލިދާނެ" ކަމުގެ އިންޒާރު ހުޅުދޫ ދާއިރާގެ މަޖްލިސް މުހައްމަދު ޝާހިދް (ޝާޑް) ދެއްވައިފިއެވެ.
ހުޅުދޫ ދާއިރާގެ ކައުންސިލަރު އަލީ މުހައްމަދު ޕީޕީއެމްއަށް ސޮއިކުރުމަށާއި، އިސްމެހެލާ ހެރަ ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝާޑް ވިދާޅުވީ އިމްރާން ފަހަރުގައި މޭއި މަހުގެ 1 ވަނަ ދުވަހުގެ ކުރިން ގެއްލިދާނެ ކަމަށެވެ.
ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ އާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް އާއި ޕީޕީއެމްގެ ގިނަ މެމްބަރުން ހާޒިރުވި ރަސްމިއްޔާތުގައި، ޝާޑް ވިދާޅުވީ އިމްރާން "ފިލާނީ" ކަމެއް ނުވަތަ އަމިއްލަ އަށް "ގެއްލޭނީ" ކަމެއް ބުނަން ނޭގޭ ކަމަށެވެ.
ރަސްމިއްޔާތުގައި ޕީޕީއެމްގެ ލީޑަރ ނިހާން ހަސަން މަނިކު ވިދާޅުވީ މާދަމާ ހެނދުނު 10 ޖަހާއިރު އިމްރާން މަޖްލިސް އަށް ހާޒިރު ކުރާނެކަމަށެވެ.
ގިނަ އިންޒާރު ތަކާއި އެކު ނިހާން ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތެއް ވެސް މަޖްލިސްއަށް ކަޅާއި ހުދުގެ ގާނޫނުގެ ތެރެއިން ގެންނާނެކަމަށެވެ.