Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ޕީޖީ ހާޒިރު ކުރަނީ

ޖިނާއީ އަދުލުގެ ނިޒާމާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމާ ގުޅިގެން ޕީޖީ ހުސައިން ޝަމީމް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރުކުރަން ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެގޮތަށް ނިންމޯީ ޖިނާއީ އަދުލުގެ ނިޒާމާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށާއި އެ ނިޒާމާ ބެހޭ ގޮތުން މަޖިލީހުގެ ވިސްނުން ހުރި ގޮތް ބެލުމަށްޓަކައި ޕީޖީ އޮފީހުން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

އެހެންވެ ޕީޖީ ހާޒިރު ކުރަން ނިންމީ ޖުޑިޝަރީ ކޮމިޓީގެ ބޭއްވި ބައްދަލުުވުމުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.