ބޯޓު ދަތުރުކުރާ މީހުންގެ ކާޑު ރާއްޖެއިން މިހާރު ލިބޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން ބައިވެރިވެފައިވާ އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން އައިއެލްއޯ) ގެ މުއާހަދާއާ އެއްގޮތްވާގޮތުގެ މަތިން ބޯޓް ދަތުރުކުރާ މީހުން ނަގަން ޖެޖޭ ހުއްދައިގެ ކާޑް މިހާރު ރާއްޖެ އިން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާތީ މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އައިއެލްއޯގެ ކޮންވެންޝަންގައި ބަޔާންކުރާ މިންގަނޑަށް ފެތޭ، "ސީފެއަރާސް އައިޑެންޓީޓީ ޑޮކިއުމެންޓް (ސިޑް) ގެ އިންތިޒާރުގައި ތިބި އެތައް ދިވެހި ސީމަނުންގެ 7 އަހަރަށް ވުރެ ދިގު އިންތިޒާރަށް ނިމުން ގެނެސް، އިއްޔެ އިން ފެށިގެން ސިޑް ދޫކުރަން ފަށާފައިވާ ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ސީފެއަރާސްގެ ހިދުމަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހަމިއްޔަތު ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް،" އަމީން ވިދާޅުވި އެވެ. "ވުމާއެކު، އެމަނިކުފާނަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން."
ބައިނަލްއަގުވާމީ ސީފެއަރާ ދުވަސް ފާހަގަ ކުރަން ރޭ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވަޒީރު ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި، ސީމަނުން ހުށައެޅި އެންމެ މުހިންމު ކަމަކީ އެ މީހުންގެ އައިއެލްއޯ އައިޑީ ކާޑް ލިބޭނެ ގޮތް ރާއްޖެއިން ހަމަޖައްސައިދިނުން ކަމަށެވެ. އެހެންވެ އެކަން މިހާރު ފަހިވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުޥި އެވެ.