Last Updated: June 7, 18:41
Sunday, June 7, 2026

މޭޑޭގެ ހަރަކާތްތައް ސިޓީ ސްކެއާ ހޯދަން އެދެފި

ސްޓޭޓް ސްކުއާރ ތައްޔާރު ކުރުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު.

އައްޑޫ ސިޓީގައި މޭޑޭގެ ހަރަކާތްތައް ސިޓީ ސްކެއާގައި ހޯދުމަށް އައްޑޫ ސިޓީ ކައުންސިލަށް އެމްޑީޕީގެ ފަރާތުން ހުށަހަޅައިފިއެވެ

އެމްޑީޕީގެ އައްޑޫ ސިޓީގެ ރައީސް އަހްމަދު އަދްހަމް ސޮއި ކުރައްވާ ފޮނުއްވި ސިޓީގެ ކޮޕީއެއް ވަނީ 'އައްޑޫލައިވް' އަށް ލިބިފައެވެ. އެސިޓީގައި އެމްޑީޕީންވަނީ މޭޑޭގެ ހަރަކާތްތައް ހިންގުމަށް ސިޓީ ސްކެއާގައި ހިމެނޭ ސަރަހައްދު ދޫކޮށް ދިނުމަށެވެ.

މޭޑޭގެ ޙަރަކާތްތައް އައްޑޫގައި ހިންގުމަށް ހަމަޖެހިފައިވަނީ މެއި 1 ވަނަ ދުވަހުން ފެށިގެން މެއި 2 ވަނަ ދުވަހުގެ ދަންވަރު 12 ޖެހުމާއި ހަމައަށެވެ

މީގެ ކުރިން ސިޓީ ސްކެއާގައި މުޒާހަރާ ކުރުމާއި ބެހޭގޮތުން 'އައްޑޫލައިވް' އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުން ބުނެފައިވާ ގޮތުގައި ސިޓީ ސްކެއާ ގައި މުޒާހަރާ ނުކުރެވޭނެ ކަމަށާއި އެއީ މަނާ ކަމެއް ކަމަށެވެ.

"ސިޓީ ސްކެއާ ގަ މުޒާހަރާ އެއް ނުކުރެވޭނެ. އެއީ މަނާކަމެއް. ސިޓީ ސްކެއާ އާއި 50 ފޫޓު ދުރުގައި މުޒާހަރާ ކުރެވިދާނެ،" އޭރު ހިތަދޫ ޕޮލިސް ސްޓޭޝަންގެ އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.