Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ފުވައްމުލަކުގައި ފުލުހުންނަށް ހުރަސް އެޅި ބަޔަކު ހައްޔަރަށް

ފުވައްމުލަކުގައި ފުލުހުން ރޭ ހިންގި ޑްރަގު އޮޕަރޭޝަނަކަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ،އެ ސިޓީގައި މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތް ކުރަމުން ދަނިކޮށް ބަޔަކު ނިކުމެ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގައި ފުލުހުންނާއި ކުރިމަތިލާފައިވާ ކަމަށެވެ. އަދި ހަމަނުޖެހުމުގައި ފުލުހަކަށް އަނިޔާ ވެސް ވެފައިވާ ކަމަށް ބުންޏެވެ.

މިމައްސަަލައާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފައިވާ، މިކަން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.