Last Updated: July 18, 13:50
Saturday, July 18, 2026
މުނިފޫހިފިލުވުން

"ކަލްކީ" ގެ ތީމް ލަވަ އާންމުކޮށްފި

މާދަމާ ސިނަމާތަކަށް ދޫކޮށްލަން ނިންމާފައިވާ ފިލްމު "ކަލްކީ: 2898 އޭޑީ" ގެ ތީމް ލަވަ އާންމުކޮށްފި އެެވެ.

ކުޅަދާނަ ތެލެގޫ ޑައިރެކްޓަރު ނާގް އަޝްވިންގެ މި ފިލްމަކީ އިންޑިއާގައި ވާހަކަ ދައްކާ މައިގަނޑު ހުރިހާ ބަހަކުން ގެނެސްދޭން ހަމަޖެހިފައިވާ ފިލްކެވެ. އިންޑިއާގެ ސިނަމާ އަށް މުޅިން އާ ރަހަތަކެއް ގެނުވައި ދޭނެ "ކަލްކީ" އަކީ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ.

މީގެ ކާސްޓްގައި ޕްރަބާސް، ދީޕިކާ ޕަދްކޯން، އަމީތާބް ބައްޗަން، ޑިޝާ ޕަޓާނީ އަދި ކަމަލް ހަސަން ހިމެނެ އެވެ.

ބެލުންތެރިން މުޅިން ތަފާތު ދުނިޔެއަކަޑް ގެންގޮސް ދޭނެ "ކަލްކީ" އަކީ 600 ކްރޯޑް ރުޕީސް (72 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.