Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

އުމަރު ނަސީރު ފެއިލް ވެއްޖެ : ރައީސް ޔާމީން

އިދިކޮޅު ފަރާތްތަކާއި ސަރުކާރުގެ ފަރާތުން ވާހަކަ ދައްކަން ކަނޑައެޅި ހޯމް މިނިސްޓަރު އުމަރު ނަސީރު ފެއިލް ވެފައިވާކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ އިސްމެހެލާހެރަ ރިސޯޓް މަސްރޫޢު އިފްތިތާހު ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ހަފްލާގައި ރައީސް ޔާމީން ވިދާޅުވިގޮތުގައި އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ގުޅިގެން ސަރުކާރުގެ ފަރާތުން ވާހަކަ ދައްކަން ކަނޑައެޅި ހޯމް މިނިސްޓަރު އުމަރު ނަސީރު ފެއިލް ވެފައިވާކަމަށާއި ސަރުކާރުގެ ފަރާތުން ދެން ޝައިޚް އިމްރާނާއި ވާހަކަ ދައްކާނީ ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މީގަވެސް ފެއިލްވީ އުމަރު ނަސީރުހެން، އެބޭފުޅުން ދައްކަވާ ވާހަކައެއް އުމަރު ނަސީރަށް އެނގިވަޑައި ނުގަތީމަ" ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާ އިރު މިހަފްތާގެ ތެރޭގައި ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސްވަނީ އިދިކޮޅު ފަރާތްތަކާއި މަޝްވަރާ ނުކުރައްވާނެ ކަމަށާއި އަދި އިސްތުއުފާ ދެއްވަން ޖެހިވަޑައިވެސް ނުގަންނަވާނެކަމަށް ވިދާޅުވެފައެވެ.