Last Updated: June 11, 18:35
Thursday, June 11, 2026
ޚަބަރު

އިމްރާން ތައިލޭންޑަށް ދިރިއުޅުން ބަދަލުކޮށްފި

ކުރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ، ތައިލެންޑަށް ދިރިއުޅުން ބަދަލުކުރައްވައިފި އެވެ.

އިމްރާން ބެންކޮކޮށް ދިރިއުޅުން ބަދަލުކުރެއްވިކަން އޭނަ ރައީސްކަން ކުރައްވާ އަދާލަތު ޕާޓީން ވެސް ކަށަވަރުކޮށް ދީފައިވެ އެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް ނުލިބެ އެވެ. އެހެންވެ އިމްރާން ރާއްޖެ އިން ބޭރަށް ދިރިއުޅުން ބަދަލު ކުރެއްވީ ސީދާ ކީއްވެގެން ކަމެއް ނޭނގެ އެވެ.

އަދާލަތު ޕާޓީން ބުނީ އިމްރާންގެ އެ ނިންމުމަކީ "އަމިއްލަ ސަަބަބުތަކަށްޓަކައި" ނިންމެވި ނިންމެވުމެއް ކަމަށެވެ.

އިމްރާނަކީ އެޕްރީލް މަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މަކުނު ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ބޭފުޅެކެވެ. އޭނަ ހޯމަ މިނިސްޓަރުކަން ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ.