Last Updated: June 11, 18:35
Thursday, June 11, 2026
ޚަބަރު

ވީއައިއޭގެ އާ ފަޔަ ސްޓޭޝަން ހުޅުވައިފި

ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭ) އާ އައު ފަޔަ ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެތަން ހުޅުވައި ދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ. އެ ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް) ގެ އެމްޑީ/ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.

އަލަށް ހުޅުވި ފަޔަ ސްޓޭޝަން އޮޕަރޭޝަނަށް ގެނެސް އެތަނުން ލިބެންޖެހޭ ހުރިހާ ހިދުމަތެއް ލިބިގެން ދާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އާ ފަޔަ ސްޓޭޝަން ޢިމާރާތްކޮށް ދީފައި ވަނީ ވީއައިއޭގެ ތަރައްގީގެ މަސައްކަތްތަކެއް ކުރަމުން އަންނަ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ.

ވީއައިއޭގެ ފަޔާ އެންޑް ރެސްކިޔުގެ ހިދުމަތަށް މި އަހަރު 58 އަހަރު ވެސް ފުރިފައިވެ އެވެ.

ޝަރީފް ވިދާޅުވީ، ވީއައިއޭގެ ފަޔަ އެންޑް ރެސްކިޔު ޓީމަކީ ވަރަށް ހުނަރުވެރި ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދޭ ބައެއް ކަމަށާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި މަސައްކަތަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ ރައްޔިތުންްގެ ހިދުމަތުގައި ކެނޑިނޭޅި ދެމިތިބޭނެ ކަމަށެވެ.