Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ރެޑް ކްރެސެންޓްގެ އާއިލީ ހަވީރެއް އައްޑޫގައި

ދިވެހި ރެޑް ކްރެސެންޓްގެ އަައްޑޫ ގޮފީގެ ފަރާތުން މިއަދު ހިތަދޫގައި އާއިލީ ހަވީރެއް ބާއްވަން ނިންމައިފި އެވެ.

މި އިވެންޓް އޮންނާނީ ހިތަދޫ ސިޓީ ސްކެއާގަ އެވެ. އާއިލީ ހަވީރު ކުރިއަށް ދާނީ ހަވީރު 4:00-6:00 އަށެވެ. ރެޑް ކްރެސެންޓް އައްޑޫ ގޮފިން ބުނީ ކުޑަކުދިންނަށް ހާއްސަ ވަރަށް ގޭމްތަކާއި ކުޅިވަރުތައް ހުންނާނެ ކަމަށާއި ތަފާތު ހަދިޔާތައް ވެސް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

އެހެންވެ ވީހާ ވެސް ގިނަ ބަޔަކު މި އާއިލީ ހަވީރު ބައިވެރިވާން ރެޑް ކްރެސެންޓުން އެދިފައިވެ އެވެ.