Last Updated: July 15, 09:53
Wednesday, July 15, 2026
ދުނިޔެ

ދިއްލީ އެއާޕޯޓެއްގެ ފުރާޅު ވެއްޓި މީހަކު މަރުވެއްޖެ

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޑިއާގެ ވެރިރަށް، ނިއު ދިއްލީގެ އެއާޕޯޓެއްގެ ފުރާޅުން ވެއްޓި ހިނގި ނުރައްކާތެރި ހާދިސާއެއްގައި އެކަކު މަރުވެ، އިތުރު ބަޔަކު މިއަދު ޒަހަމްވެގެން ފަރުވާ ދޭން ފަށައިފި އެވެ.

މި ހާދިސާ ހިނގީ މިއަދު ފަތިހު 5:00 އެހާކަށް އިރު ހިނގީ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް 1 ގަ އެެވެ. އެތަނުގެ ފުރާޅު ވެއްޓި މަރުވީ ފިރިހެނެކެވެ. އެ މީހާ މަރުވީ ޓާމިނަލް ކައިރީގައި އޮތް އޭނަގެ ކާރުގެ މައްޗަށް ޓާމިނަލްގެ ތަނބެއް ބިންދައިގެން ކާރު މައްޗަށް ވެއްޓި ލިބުނު ސީރިއަސް ގެއްލުންތަކާ ގުޅިގެންނެވެ.

މި ހާދިިސާގައި ޒަހަމްވި އިތުރު 8 މީހަކަށް އަންނަނީ ހޮސްޕިޓަކްފައި ފަރުވާ ދެމުންނެވެ.

ޓާމިނަލްގެ ފުރާޅު ވެއްޓުނު ހާދިސާއާ ގުޅިގެން އިންދިރާ ގާންދީ އެއާޕޯޓުން ނެރުނު ބަޔާނެއްގައި ބުނީ ފުރާޅުން ވެއްޓުނު ބަޔަކީ ދުވަސްވެފައިވާ ބައެއް ކަމަށެވެ. އަދި އެ ހާދިސާ ގުޅިގެން ޓާނިމަލް 1 ގެ ހިދުނަތް ވަގުތީ ގޮތުން ވަނީ މެދުކަނޑާލައިފަ އެވެ.

މި ހާދިސާގެ ކަންކަން މިހާރު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ އެކްސްގައި ވިދާޅުވި އެވެ.