Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ކުޑަ އަންހެން ކުއްޖަކަށް ބުލީކުރާ މައްސަލައެއް ބަލަނީ

ގއ. ވިލިނގިލީގައި ކުޑަ އަންހެން ކުއްޖަކަށް އެ ރަށު މީހުން ގަނާކުރަމަމުން ދިޔަ އަންނަ މައްސަލައެއް ބަލަން ފަށައިފި އެވެ.

މިކަމާ ގުޅޭ ސޯޝަލް މީޑިއާގައި ދަނީ ވީޑިއޯތަކެއް ވެސް އާންމުވެފައިވެ އެވެ. ކުއްޖާގެ އާއިލާއިން "އެކްސް" ގެ ޕޯސްޓެއްގައި ކުއްޖާ އަށް ބަޔަކު ބުލީގެ ކުރަމުން ދަނީ ސްކޫލު ތެރޭގައި ހިނގި ކަމަކާ ގުޅުވައި ކުއްޖާއާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ރަށުގައި ފެތުރަމުންނެވެ.

އެކަމާ ގުޅިގެން ރަށު ބައެއް މީހުން ގޭ ދޮށަށް އެއްވެ އަޑުގަދަ ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ އެކު ބަލަމުންދާ ކަމަށާއި މަސްލަހަތު ހިމެނޭ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޔަގީންކޮށް ދިނުމަށް ކުރަންޖެހޭ ކަންކަން ވެސް ކުރަމުން އަންނަ ކަމަށެވެ.