Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

ނިލަންދޫ މަސް ފެކްޓްރީ އަޅާ ކުންފުނި އެ ރަށަށް

ފ. ނިލަންދޫގައި މަސް ފެކްޓަރީ އެޅުމަށްޓަކައި ހަދަން ޖެހޭ ޓެކްނިކަލް ޕްރޮޕޯސަލް ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް އެ މަޝްރޫއު ހަވާލުކޮށްފައިވާ ޗައިނާގެ ޑޮންފަންގް ކުންފުނީގެ ޓެކްނިކަލް ޓީމެއް މިއަދު އެ ރަށަށް ހިނގައްޖެ އެެވެ.

އެ ޓީމާ އެކީ ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ފާޠިމަތު ސަޢުދާ ވެސް ވަޑައިގެންނެވި އެވެ. ސައުދާ އަކީ ރައީސް ޑރ. މުހައްމަދުގެ ކޮއްކޮ އެވެ.

ނިލަންދު އަކީ މި ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ ރަށެކެވެ.

އެ ރަށުގެ ތަރައްގީ އަށް ކުރަން ރާވާފައިވާ ކަންކަމުގެ ތެރެއިން މަސް ފެކްޓްރީގެ އަމަލީ މަސައްކަތާ ހަމައަށް ދިއުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތަކަށް ކޮންޓްރެކްޓަރަކު ރަށަށް ދިޔަ ނަމަވެސް މިކަމާ ބެހޭ އިތުރު މައުލޫމާތުތަކެއް ފިޝަރީޒް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.