Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

އަނެއްކާ ވެސް ގިނަ އަދަދެއްގެ ސިނގިރެޓް އަތުލައިގެންފި

އަނެއްކާ ވެސް ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރެޓް ކާޓުން ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ އިޖުރާއަތުތައް ފުރިހަމަނުކޮށް ރާއްޖެ އަށް، ސިއްރުން ސިނގިރޭޓްތަކެއް އެތެރެކޮށްފައިވާކަމުގެ ތުހުމަތުކުރެވިގެން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ކޯޓު އަމުރުގެ ދަށުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހުޅުމާލޭގެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މާލެ އާއި ހުޅުމާލޭގެ 4 ތަނެއް ބުދަ ދުވަހު ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.

އެގޮތުން އެ އޮޕަރޭޝަންގައި އަތުލައިގަތް 173 ސިނގިރޭޓް ކާޓޫން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެ ތަކެތީގެ މާކެޓް ވެލިއުއަކީ 1.6 މިލިއަން ދިވެހި ރުފިޔާ ކަަމަށެވެ. އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 5.6 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ޖެހޭ ކަމަށް ކަސްޓަމުން ބުންޏެވެ.