Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅަން އިތުރު ވަގުތު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާން ބޭނުންވާ ނޫސްވެރިންނަށް އިތުރު މުއްދަތެއް ދީފި އެވެ.

ކުރިން ދިން ސުންގަޑި މިއަށް ހަމަވުމާ ގުޅިގެން އެމްއެމްސީން ބުނީ އެވޯޑަށް ކުރިމަތިލުމުމުގެ މުއްދަތު މިހާރު އަންނަ މަހުގެ 10 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ނޫސްވެރިންނަށް އެވޯޑު ދިނުމުގެ ބޭނުމަކީ އެމީހުން ކުރާ ބުރަ މަސައްކަތް އަގުވަޒަންކޮށް ކުރިއަށް ދިއުމަށް ހިތްވަރު ދިނުން ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ.