Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

އެޗްޑީސީގެ ޑޭޓާބޭސް ހެކްކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑޭޓާބޭސް ބަޔަކު ހެކްކޮށްފި އެވެ.

އެ ކުންފުނީގެ ޑޭޓާބޭސް ހެކްކޮށްގެން، ކަސްޓަމަރުންނަށް ވަން ޓައިމް ޕާސްވޯޑު (އޯޓީޕީ) ހޯދުމަށް މެސެޖު ކުރަމުންދާ މައްސަލަ
ފުލުހުންގެ ސަމާލު ކަމަށް ވެސް އައިސްފައިވާތީ އެކަން މިހާރު އަންނަނީ ބަލަމުންނެވެ. ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.