Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

"ތާޒާ" އާއި "ބޮނަކުއާ" ފެން ފުޅީގައި ރާ!

ގިނަ އަދަދެއްގެ ރާ ފުޅިތަކާއި ފައިސާތަކާ އެކީ ހުޅުމާލެއިން ރޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ބަނގުރާ ކަމަށް ޝައްކުކުރެވޭ 150 ފުޅި އާއި ގިނަ އަދަދެއްގެ ފައިސާ ވެސް އެ މީހުންގެ އަތުން ހޯދާފައިވާ ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝް ދެ ފިރިހެނުންނެވެ.

ފުލުހުން އަތުލައިގަތް ފުޅިތަކަކީ "ތާޒާ" އަދި "ބޮނަކުއާ" ގެ 500 އެމްއެލްގެ ފުޅީފައި ބަންދުކޮށްފައި ހުރި ބަނގުރަލެވެ.

މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.