Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ނާޒިމް މާބޮޑަށް މަގުބޫލްވާތީވެ، އެކަން ހުއްޓުވުމަށް ސީޕީ އާއި އަދީބު ވާހަކަ ދެއްކި : މަހުލޫފް

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދް ނާޒިމް އާންމުންގެ ތެރޭގައި މާބޮޑަށް މަޤުބޫލުވާތީ އެކަން ހުއްޓުވުމަށް ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދާއި ޓޫރިޒަމް މިނިސްޓަރ އަހްމަދް އަދީބް ވާހަކަދެއްކި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހްމަދް މަހްލޫފް ވިދާޅުވެއްޖެއެވެ.

ގައުމީ ހަރަކާތުގެ "ފަހުބަސް" ބުނުމުގެ ގޮތުން ރޭ ބޭއްވި އިވެންޓްގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވިގޮތުގައި ކާނަލް ނާޒިމް އާއްމުންގެ ލޯބި ހޯދައި މާބޮޑަށް މަގުބޫލްވާތީވެ، އެކަން ހުއްޓުވުމަށް ސީޕީ ހުސެއިން ވަހީދާއި އަދީބު އޭނާގެ ހާޒިރުގައި ވާހަކަ ދެއްކި ކަމަށެވެ އެހެންނަމަވެސް އޭރު ނުބުނޭ ފިސްތޯލައެއްގެ ވާހަކަ ނުދައްކާ ކަމަށާއި އޭރު ބުނީ ހަމައެކަނި ސަރުކާރުން ބޭރުކުރަން ޖެހޭ ވާހަކަ ކަމަށެވެ.

"ކާނަލް ނާޒިމް އާއްމުންގެ ލޯބި ހޯދާ ވާހަކަ ދައްކާ، ކާނަލް ނާޒިމް މާބޮޑަށް މަގުބޫލްވާތީވެ، އެކަން ހުއްޓުވުމަށް ވާހަކަ ދެއްކީ އަޅުގަނޑުގެ ހާޒިރުގައި. ސީޕީ ހުސެއިން ވަހީދާއި އަދީބު. އޭރަކު ނުބުނޭ ފިސްތޯލައެކޭ. އޭރު ބުނީ ސަރުކާރުން ބޭރުކުރަން ޖެހެއޭ. މިހާރުގެ ސީޕީއާއި އެކަމުގެ އިސްކޮށް އުޅުނު މީހުން އަޅުގަނޑުގެ ގެއަށް ވަދެ، ގެއިން ނުނުކުމެ. ރުއި މީހުން ރޮއި، އަޅުގަނޑުގެ އެނދުގައި އޮށޯވެ، ފޯނު އަތުލާ އޭގެ ޓްވީޓްކޮށް ހެދި" މަހުލޫފް ވިދާޅުވި އެވެ.

ނާޒިމް އަށް ތާއީދު ކުރާ ގިނަ ފަރާތްތަކުން ތުހުމަތުކުރާގޮތުގައި ނާޒިމް ޖަލަށް ލާފައިވަނީ އޭނާގެ މަގުބޫލުކަން އިތުރުވިޔަނުދިނުމަށާއި ރައީސް ޔާމީންގެ މަޤުބޫލުކަން ދެމެހެއްޓުމަށް ކަމަށެވެ.