Last Updated: May 9, 22:28
Saturday, May 10, 2025
ޚަބަރު

ކަޅު ކުއްތާތަކެއް ފުށް ޖަހައިގެން ގެންގުޅުން ނޫން ކަމެއް ސަރުކާރުން ނުކުރޭ : އަލީ ވަޙީދް

ކަޅު ކުއްތާތަކެއް ފުށް ޖަހައިގެން ގެންގުޅުން ނޫން ކަމެއް މި ސަރުކާރުން ނުކުރާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

'އަނިޔާއާއި ދެކޮޅަށް ދިވެހިން' ނަމުގައި ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ހިނގާލުމުގައި ވާހަކަދައްކަމުން އަލީ ވަހީދް ވިދާޅުވިގޮތުގައި ސަރުކާރުން ކުރާ ކަމަކީ ކަޅު ކުއްތާތަކެއް ފުށް ޖަހައިގެން ގެންގުޅުން ކަމަށާއި ބޮޑު ތަފާތަކުން މި ސަރުކާރު ބަލި ކުރާނެ ކަމަށެވެ.

ޕީޕީއެމްގެ ސަރުކާރަކީ ވަރަށް މަދު ބަޔަކު ތާއީދު ކުރާ ސަރުކާރެއް ކަން ފާހަގަކޮށް އަލީ ވަޙީދު ވިދާޅުވިގޮތުގައި ޕީޕއެމް އޮފީސް ވެސް ވަނީ ބަންދުކުރެވިފައި ކަމަށާއި ރައީސް މައުމޫންވަނީ އެކަހެރިކޮށްފައި ކަމަށެވެ.

" މި ރާއްޖެ މިހާރު ވަނީ ހަރާބުގެ މަގަށް ސޮއްސާލާފައި. މި ސަރުކާރު ދާނީ ދުވަހެއް ދުވަހަކަށް ބަލި ކަށިވަމުން. ރައްޔިތުން ފްރޭމްކޮށް ނިކަމެތިކަމަށް މި ސަރުކާރުން ގެންނަމުން އެދަނީ. " ރޭގެ ހިނގާލުމުގައި ވާހަކަ ދައްކަވަމުން އަލީ ވަޙީދު ވިދާޅުވިއެވެ.