Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

މޭޔާސް ފޯރަމްގައި ނިޒާރާއި އާޒިމް

އިންޓަރނޭޝަނަލް މޭޔަރސް ފޯރަމްގައި އައްޑޫ މޭޔަރު އަލީ ނިޒާރާއި މާލޭޔެ މޭޔަރު އާދަމް އާޒިމް ބައިވެރިވަވަޑައިގަންނަވަމުން އެބަދެ އެވެ.

"2024 އިންޓަނޭޝަނަލް މޭޔާސް ފޯރަމް" ކުރިއަށް ދަނީ މިއަދުން ފެށިގެން ބުރާސްފައްޗާ ހަމައަށް އިންޑޮނޭޝިޔާގެ ޖަކާޓާގަ އެވެ.

މި ފޯރަމަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޤައުމީ ފެންވަރުގެ އިތުރުން ލޯކަލް ލެވެލްގައި މަސައްކަތް ކުރާ ސިޓީތަކުގެ މުހިންމުކަން ފާހަގަކޮށް ވޮލެންޓަރީ ލޯކަލް ރިވިއުގެ މުހިންމުކަމާއި މަލްޓ-ލެވެލް ގަވަނަންސް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ކުރިއަށް ގެންދާ ފޯރަމެކެވެ.

އާޒިމާއި ނިޒާރަކީ ރާއްޖޭގެ ސިޓީތަކުގެ ތެރެއިން ފޯރަމްގައި ހަމައެކަނި ބައިވެރިވެވަޑައިގަންނަވާ ދެ މޭޔަރުންނެވެ. މާލެ އާއި އައްޑު އަކީ ރާއްޖޭގެ އެންމެ ބޮޑު ދެ ސިޓީ އެވެ.