Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

އުރީދޫގެ ދައުވަތަށް އޮކޯޗާ ރާއްޖެ އަތުވެއްޖެ

އޮކޯޗާ ވީއައިއޭގައި. ފޮޓޯ/ އަދަދު

އުރީދޫ މޯލްޑިވްސްގެ ދައުވަތަކަށް ފްރާންސްގެ ޕީއެސްޖީގެ ކުރީގެ ތަރި އަދި ނައިޖީރިއާގެ ގައުމީ ޓީމުގެ އައިކަން، ޖޭ ޖޭ އޮކޯޗާ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އޭނަ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ން މަރުހަބާ ކިއީ އުރީދޫގެ އެމްޑީ/ސީއީއޯ ހާލިދު އަލް ހަމާދީގެ އިތުރުން އުރީދޫގެ އިސްވެރިންނާއި ބައެއް މުވައްޒަފުންނެވެ.

މި މަހުގެ 6 އާ ހަމައަށް އޮކޯޗާ ރާއްޖެ އަށް ކުރާ ދަތުރުގައި އައީ ވަނީ އުރީދޫގެ ޕްރީމިއަމް ޕާޓްނަރު ޕީއެސްޖީއާ އޮތް ޕާޓްނާޝިޕްގެ ދަށުންނެވެ. އޭނަ ރާއްޖޭގައި ހޭދަކުރާ މުއްދަތުގެ ތެރޭގައި ހަރަކާތްތައް ހިންގައި ބައިވެރި ވެސް ވާނެ އެވެ. އެގޮތުން މިއަދު ހަވީރު ޕީއެސްޖީ އެކަޑަމީ ކޯޗިން ކްލިނިކާއެކު މާލޭގެ ސިންތެޓިކް ޓްރެކުގައި ހަރަކާތެއް އޮންނާނެ އެވެ. ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަހު ލ. އަތޮޅުގައި ބާއްވާ އުރީދޫގެ "ފަން ރަން" ގައި ވެސް އޮކޯޗާ ބައިވެރި ވާނެ އެވެ.

މިހާރު އުމުރުން 50 އަހަރުގެ އޮކޯޗާ އަކީ އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި ނައިޖީރިއާ އިން ވިދި ކުޅުންތެރިއެކެވެ. އޭނާ 1993-2006 ވަނަ އަހަރާ ހަމައަށް އެ ގައުމުގެ ގައުމީ ޓީމަށް 73 ކެޕް ކާމިޔާބުކޮށް، 14 ލަނޑު ޖަހާފައިވެ އެވެ.