Last Updated: August 12, 09:21
Tuesday, August 12, 2025
ޚަބަރު

ޝެއިހް ސިއްދީގް ފަރުވާ އަށް މާލެ ގެންގޮސްފި

އިއްޔެ އައްޑޫގައި އެކްސިޑެންޓްވެ ވަރަށް ބޮޑަށް ޒަހަމްވި ޝެއިހް އަބްދުﷲ ސިއްދީގު މުހައްމަދު މާލެ ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

މަރަދު އަށް ނިސްބަތްވާ ސިއްދީގަށް އައްޑޫ އިކްއެކްޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާ ދިނުމަށް ފަހު، އެއާ އެމްބިއުލާންސްގައ މާލެ ގެންދިޔައީ ރޭގަ އެވެ. އަދި އޭނަ އަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ އިރު، ހާލު ރަނގަޅެވެ. އެކްސިޑެންޓްގައި ސިއްދީގުގެ މޫނުގެ ކަށިތަކެއް ބިންދައިގެން ގޮސްފައިވެ އެވެ.

އޭނަ އެކްސިޑެންޓްވީ އިއްޔެ މެންދުރު ފަހު ފޭދޫން މަރަދު އަށް ސައިކަލްގައި ވަޑައިގަންނަވަނިކޮށް މަރަދޫކޮޅުން ފޭދު އަށް ބާރު ސްޕީޑްގައި ދިޔަ ސައިކަލެއް، ކާރަކާ ދިމާލުން އެވޯޓޭކް ކުރަން އުޅުމުގެ ތެރޭގައި އެ ސައިކަލްގައި ސިއްދީގުގެ ސައިކަލްގައި ޖެހިގެންނެވެ. އެ ހާދިސާގައި ސިއްދީގު ވިއްސައިގެން ގޮސް ވެއްޓި، މޫނުމައްޗަށް ވަރަށް ބޮޑަށް އަނިޔާވެ، ގިނަ އަދަދަކަށް ލޭ ވެސް ފޭބި އެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ޝެއިހް ސިއްދީގަކީ ފޭދޫ "މަސްޖިދުލް ކައުސަރު" ގެ އިމާމެވެ.