Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ތިން ގައުމަކަށް ސަފީރުން އައްޔަންކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފި އެވެ.

އެ ބޭފުޅުންނަކީ ބަންގްލަދޭޝް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި އައްޑޫ ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދާއި ރާއްޖެއިން ތުރުކީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ލެފްޓެނަންޓް ޖެނެރަލް (ރޓޑ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ އިތުރުން ޕާކިސްތާން ސަފީރުގެ ގޮތުގައި ނ. ހޮޅުދޫ އުފަންވެލި މުޙައްމަދު ޠާހާ އެވެ.

އެ ތިން ބޭފުޅުން ވެސް ސަފީރުކަމަށް ޢައްޔަންކުރީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގަ އެވެ.