Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

ތިލަފުށިން ވިޔަފާރި އަށް ބިން ދޫކުރަނީ

ސިނާއީ ބޭނުމަށް ތިލަފުށިން ބިން ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިއުލާންލާންކޮށްފި އެވެ.

އެ ކުންފުނިން ބުނީ ސިނާއީ ބޭނުމަށް ތިލަފުށިން ބިން ކުއްޔަށް ނެގުމަށް އެދި ގިނަ ފަރާތްތަކުން ހުށަހަޅަމުން އަންނަ ކަމަށެވެ. އެހެންވެ ބިމުގެ ޖާގަ ހުރި މިންވަރަށް ބަލައި، އަދި ތިލަފުށީގެ މާސްޓަ ޕްލޭނާއި ހެދިފައިވާ އުސޫލުތަކަށް ރިއާޔަތްކޮށް، ބިން ދޫކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެހެންވެ ޝައުގުވެރިވާ ފަރާތްތަކުން ސިޓީއެއް ނުވަތަ މެއިލް [email protected] އިން ހުށަހެޅުމަށް އެދިފައިވެ އެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު އެޗްޑީސީގެ ހޮޓްލައިން 1516 އިން ހޯދޭނެ އެވެ.