Last Updated: July 18, 12:05
Saturday, July 18, 2026
މުނިފޫހިފިލުވުން

ސިދާތުގެ ނަމުގައި ފައިސާ ހޯދާތީ ސަމާލުވާން އެދިއްޖެ

ބޮލީވުޑްގެ ފިލްމީ ތަރި، ސިދާތު މަލްއުތުރާގެ ނަމުގައި ބަޔަކު މަކަރާއި ހީލަތުން ފައިސާ ހޯދަން މަސައްކަތް ކުރަމުންދާތީ އެކަމަށް ސަމާލުވާން އެދިއްޖެ އެވެ.

ބަތަލާ ކިއާރާ އަދުވާނީގެ ފިރިމީހާ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ އޭނަ އާއި އާއިލާ އާއި ފޭނުންނާއި އަދި ޓީމްގެ ނަމުގައި ބަޔަކު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ހޯދަން މަސައްކަތްކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ސިދާތުގެ ފަރާތުން ނުހިންގާ ކަމަށާއި އެއީ ބަޔަކު ހިންގަމުންދާ ސްކޭމަކަށްވާތީ އެކަމަށް އެންމެން ވެސް ސަމާލުވުމަށް ސިދާތު އެދިފައިވެ އެވެ.

ދެހާސް ބާރައިގެ "ސްޓޫޑެެންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނުކުތް އެކްޓަރު ބުނީ އެފަދަ އެއްވެސް ކަމަކާ ކުރިމަތިވެއްޖެ ނަމަ ވަގުތުން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ވެސް ކުރަން އެދޭ ކަމަށެވެ.

މީގެ ކުރިން ވެސް ބޮލީވުޑްގެ މަޝްހޫރު އެކިއެކި ފިލްމީ ތަރިންގެ ނަމުގައި ތަފާތު ސްކޭމްތައް ހިންގާފައިވެ އެވެ.