Last Updated: July 28, 16:57
Tuesday, July 28, 2026
ޚަބަރު

10 މީހުންނާ އެކީ ދޯންޏެއް ފަރަކަށް އަރައިފި

ދިހަ މީހުންނާއ އެކީ ދަތުރުކުރި ދޯންޏެއް ނ. ލޯފަރު ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ "ނަސްފަރު" ކިޔާ ދޯނި ފަރަށް ރޭ އެރީ ށ. ވަނގާރުން މާލެ އަށް ދަތުރުކުރަނިކޮށް ކަމަށެވެ.

ދޯނި ފަރަށް އަރައި ދިޔަވަމުންދާތީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.