Last Updated: July 3, 18:27
Friday, July 3, 2026
ވިޔަފާރި

އައިއެމްޑީސީގެ ބޭސް ފިހާރަ ހުޅުވައިފި

އައިއެމްޑީސީގެ ބޭސްފިހާރަ ޑރ. ފައުޒިއްޔާ ހުޅުވައިދެއްވަނީ. ފޮޓޯ/ އައްޑޫ ލައިވް

ސ. ހިތަދޫގައި ހިންގާ ޕްރައިވެޓް ހޮސްޕިޓަލް އައިއެމްޑީސީގެ ބޭސް ފިހާރައެއް މިއަދު އެ ހޮސްޕިޓަލުގައި ހުޅުވައިފި އެވެ.

ހޮސްޕިޓަލްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ބޭސް ފިހާރަ ހުޅުވައި ދިނީ އެ ހޮސްޕިޓަލްގެ ދަތުގެ ޑރ. ފައުޒިއްޔާ އެވެ. އައިއެމްޑީސީގެ އިސް އޮފިޝަލަކު ބުނީ މި ހުޅުވުނު ބޭސް ފިހާރަ އިން ހޮސްޕިޓަލް ހުޅުވާފައި ހުންނަ ހުރިހާ ގަޑިއެއްގައި ބޭސް ލިބޭނެ ކަމަށެވެ. ނަމަވެސް އަދި އާސަންދުގެ ހިދްމަތް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަނީ އާސަންދަގެ ޙިދްމަތަށް އެދިފައި. ވަރަށް އަވަހަށް އެ ޚިދްމަތް ހަމަޖެހިގެން ދާނެ" އޮފިޝަލް ވިދާޅުވި އެވެ.

އައިއެމްޑީސީގެ ބޭސް ފިހާރަ ހިންގި ތަނުގައި މީގެ ކުރިން ބޭސް ފިހާރަ ހިންގާފައި ވަނީ އައްޑޫގައި އެންމެ ފުޅާކޮށް ބޭހުގެ ވިޔަފާރި ކުރަމުން އަންނަ އަބްހަރީންނެވެ.

ސިމްޑީ ގްރޫޕްގެ ފަރާތުން 2008 ވަނަ އަހަރު ހުޅުވައި ހިދްމަތް ދޭން ފެށި މި ހޮސްޕިޓަލްގައި މިވަގުތު އާންމު ބަލީގެ ޑޮކްޓަރުންގެ އިތުރުން އަންހެނުންގެ ޑޮކްޓަރަކާއި ދަތުގެ ޑޮކްޓަރަކެއް އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަދި ދޭތެރެ ދޭތެރެއިން ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ކަމުގައިވާ ޑރ. އޫޝާ ވަޔަދިޔަ ނާދަން ގެ ޙިދްމަތް މި ހޮސްޕިޓަލުން ލިބެ އެވެ.