Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޑްރަގްސް އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ކަސްޓަމްސް އިން ދިން މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނުގައި މާލެއިން ހައްޔަރުކުރީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަންގާރަ ދުވަހުގެ އޮޕަރޭޝަނުގައި އޭނަ ހައްޔަރުކޮށް، ކްރިއާ ސާވިސް މެދުވެރިކޮށް ހަވާލުވި ޕާރުސަލް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 20 ކާޑްރިޖް ފެނިފައިވާ ކަމަށް ފުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އޭނަގެ ކްރިމިނަލް ކޯޓުން ވަނީ ބަންދަށް ފަސް ދުވަސް ޖަހައިފަ އެވެ.

މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.