Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

"މިންހެޔޮ ކާނާ" ފޮތް ލޯންޗްކޮށްފި

ތުއްތު ދަރިފުޅުގެ ފުރަތަމަ 1،000 ދުވަހަށް އަމާޒުކޮށްގެން ތައްޔާރުކުރި "މިންހެޔޮ ކާނާ" ފޮތް މިއަދު ލޯންޗްކޮށްފި އެވެ.

އެ ފޮތް ލޯންޗްކޮށް ދެއްވީ ހެނދުނު ހެލްތު މިނިސްޓްރީގައި ބޭއްވި ހަފުލާއެއްގައި މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.

އެ މިނިސްޓްރީން ބުނީ މި ފޮތަކީ ކުޑަކުދިންގެ ނިއުޓްރިޝަންގެ ހާލަތު ރަނގަޅުކޮށް ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ކުއްޖާގެ ފުރަތަމަ 1،000 ދުވަހަށް އަމާޒުކޮށްގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އާއި ޔުނިސެފުން ސޯޝަލް އެންޑް ބިހޭވިއަ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީގެ ދަށުން ތައްޔާރުކުރި ފޮތެއް ކަމަށެވެ.