Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

25 ދާއިރާއެއްގެ ވިޔަފާރި ބިދޭސީންނަށް މަނާކޮށްފި

ބިދޭސީންތަކެއް މަސަތްކަތް ކުރަނީ / ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖޭގައި ބިދޭސީން 25 ދާއިރާއެއްގައި ވިޔަފާރިކުރުން އިކޮނޮމިކް މިނިސްޓްރީން މަނާކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ވަނީ ރާއްޖޭގައި ބިދޭސީން ވިޔަފާރިކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް އާންމުކޮށްފަ އެވެ.

އެ ދާއިރާތަކަކީ:

1- ރީޓެއިލް ޓްރޭޑް (އޮންލައިން ވިޔަފާރިވެސް ހިމެނޭގޮތަށް)
2- ހޯލްސޭލް ޓްރޭޑް – އިމާރާތް ކުރުމަށް ބޭނުންވާ މުދާ ފިޔަވައި
3- ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތް
4- ޕޯސްޓަލް އަދި ކުރިއަރ ސަރވިސަސް
5- ކާބޯތަކެތި ވިއްކުމުގެ ހިދުމަތްތައް (ކެފޭ، ރެސްޓޯރަންޓް އަދި ބޭކަރީ ހިންގުން)
6- ތަކެތި ކުއްޔަށްދިނުމުގެ ވިޔަފާރިތައް (އިމާރާތްކުރުމަށް ބޭނުންކުރާ ބޮޑެތި މެޝިނަރީ ފަދަ ތަކެތި ހިމެނޭ ގޮތަށް)
7- އެމްޕްލޯއިމަންޓް އޭޖަންސީ އަދި ވަޒީފާތަކަށް މީހުން ހޯދުމުގެ ޙިދުމަތްތައް
8- ޓްރެވަލް އޭޖަންސީ، ޓުއަރ އޮޕަރޭޓަރސް، ރިޒަވޭޝަން އަދި މިކަމާ ގުޅުން ހުރި އެހެނިހެން މަސައްކަތްތައް
9- ލޭންޑްސްކޭޕިންގ މަސައްކަތް
10- ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ޤައުމުގެ ދިފާއީ ބާރުތަކާއި ގުޅުންހުރި މަސައްކަތްތައް
11- ޖެނެރަލް ޓިއުޝަން ކްލާސް އަދި ޤުރުއާން ކްލާސް ހިންގުން
12- ޖެނެރަލް ކްލިނިކް ހިންގުމުގެ މަސައްކަތް
13- ކޮމްޕިއުޓަރު، އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތް
14- ޕްރޮގްރާމިންގ އަދި ބްރޯޑްކާސްޓިންގ މަސައްކަތް
15- ޤާނޫނީ ވަކީލުންގެ ހިދުމަތްތައް
16- ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ މަސައްކަތް
17- ޕިކްނިކް އައިލެންޑް ތަރައްޤީކުރުމާއި ހިންގުން
18- ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުން
19- ސުވެނިއަރ އަދި އަތްތެރި މަސައްކަތުން ތަކެތި އުފައްދައި ވިއްކުން
20- ރަބަރު އަދި ޕްލާސްޓިކް ތަކެތި އުފެއްދުން
21- ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތަކެތި އުފެއްދުމާއި ވިއްކުން
22- ލަކުޑިން ތަކެތި އުފެއްދުން (ފަރުނީޗަރު ފިޔަވައި)
23- މައިނިންގ އެންޑް ކޮރީންގް ގެ މަސައްކަތް
24- މައިނިންގ އޮފް ސޭންޑް
25- ފޮރެސްޓްރީ