Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޒުވާނުންގެ އިނާމު ޖަލްސާ ވެސް ފަސްކޮށްފި

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަންނަ މަހު ބާއްވަން އޮތް ޒުވާނުންގެ އިނާމު ދިނުމުގެ ރަސްމީ ޖަލްސާ ފަސްކޮށްފި އެވެ.

އެ ޖަލްސާ ބާއްވަން ކުރިން އޮތީ އަންނަ މަހުގެ 12 ގަ އެވެ.

ނަމަވެސް އެ ޖަލްސާ ފަހުގެ ތާރީހަކަށް ބަދަލު ފަސްކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

ޒުވާނުންގެ އިނާމު ދިނުމުގެ ޖަލްސާ ފަސްކުރި އިރު ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މި މަހު ބާއްވަން އޮތް މި އަހަރުގެ ސްޕޯޓްސް އެވޯޑްސް ވަނީ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފަ އެވެ.